Sunday, September 28, 2008

ދެން އަންނަ ރައީސަކަށް ވާރުތަވާނީ

ކުރިޔަށްއޮތްރިޔާސީ އިންތިޙާބުގައި ކޮށްމެ ކެންޑިޑޭޓަކު ރައީސްކަމަށް އިންތިޙާބުވިކަމުގައިވީނަމަވެސް އެފަރާތަކަށް ވަރަށްގިނަގުނަކަންތައްތަކެއް ވާރުތަވެގެންދާނެއެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކަންތައްތައް ވާރުތަވެގެން ލިބިގެންދާނެއެވެ.

އިގްތިސާދީ ހާލަތަށްވިސްނާލާއިރު ގައުމުވަނީ އިގްތިސާދީގޮތުން މީންޒަމާނަކު ދަށަށްނުދާހާ މިންވަރަށް ދަށަށްގޮސްފައެވެ. ތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލި ލިބޭއާމްދަނީން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުޖެއްސުމަކީ އާއިލާތަކަށް ކެރިކުޅަދާނަވެގެންވާ ވަރުގެކަންތަކަށް ނުވެއެވެ. ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށްދޭންޖެހޭނޭ ޙިދުމަތްތަކާއި އެހެނިހެން ކަންކުރުމަށް ނުކުޅެދޭ ހާލަތަކަށް ކަންތައްގޮސްފައިވެއެވެ.

ސިޔާސީގޮތުން ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތި ލާންޖެހިފައިވަނީ ސިޔާސީގޮތުން ގިނަގުނަ އަރައިރުންތަކެއް މުޖުތަމަޢުގައި އުފެދިފައިވާތީއެވެ. ސަބަބަކީ ސިޔާސި ގިނަގުނަ ޕާރޓީތައް އުފެދި ތަފާތުހިޔާލަށް ޖާގަދޭތައް އަދިވެސް އެކަށީގެންވާ މިންވަރަށް ދެވިގެން ނުދާތީއެވެ. މީގެއިތުރުން ވެރިކަމުގެ ދާއިރާއިން ސިޔާސީ ހަމަޖެހުމަށް ތަންނުދެވިއްޖެނަމަ މުޅިމުޖުތަމަޢު ހަލަބޮލިވެގެންދާނެއެވެ.

އަދި އިޖުތިމާއީ ބަލިތަކަށް ވިސްނާލާއިރު މަސްތުވާތަކެއްޗާއި އާއިލާތައް ރޫޅިދަރީން ވިއްސިވިހާލިވެގެން ދާތަން ފެންނަމުންދާއިރު ދީނާދުނިޔެގެއްލިގެންދާތަންފެންނަމުންދެއެވެ. މީގެއިތުރުން ފަގީރުންނާއި މުއްސަދީންގެ ފަރަގުބޮޑުވެ، މުޖުތަމައުގެ އިޖުތިމާއީ ފޭރާންގެއްލިގެންދަނީ ދެވޭތަޢުލީމުގެ ފެންވަރު ދައްވެގެން ދިޔުމާއެކުއެކީއެވެ. އަނެއްކޮޅުން ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށް އިންތިހާއަށް ދަތިވެގެން ގޮސްފައިވަނީ ސާފުބޯފެނާއި މުޖުތަމައުއިން ކުނިނައްތާލުން ފަދަ އިންތިޒާމްނެތިއެވެ. އަދި ދިރިއުޅުމަށް ގެދޮރު ހެޔޮގޮތެއްގައި ހޯދޭނޭ އިންތިޒާމް ނެތްކަން އެއީ ބޮޑުވެގެންވާ މައްސަލައެކެވެ.

މިހިރަ މައްސަލަތަކަކީ ދެންއަންނަ ރައީސަކު ހައްލުކުރުމަށް އިސްކަމެންދީގެން މަސައްކަތްކުރަން ވާރުތަވާނޭ މައްސަލަތަކެވެ. ވީއިރު އަހަރުމެން ރައްޔިތުންގެ ނިންމުމުން ދެންއަންނަ ރައީސަކަށް ރައީސްކަމަށް މި އިންތިޙާބުގައި އިސްކުރާނީ މީގެތެރެިއިން އަންނި، ހަސަނު، ބުރުމާ، އުމަރު، އިބުރާ އަދި މަޢުމޫނު ބާއެވެ؟

No comments: