Sunday, September 21, 2008

ޓީޗަރުންގެ މުސާރަ ބޮޑުނުކުރުން ބަހަނާއެއް

އިސްލާހުގެނެވުނު ޤާނޫނު އަސާސިން ތަފާތު ގިނަ ވަޒީފާތަކާއި ކޮމިޝަންތަކަށް އެތަކެއް މެމްބަރުން އިސްކުރެވި ބޮޑެތި މުސާރަތައް ކަނޑައެޅިގެން ދާއިރު ރައްޔިތުންގެ ތެރޭގައި ރައްޔިތުންގެ ޅަދަރީންނަށް އަދި މިޤައުމުގެ މުސްތަޤުބަލުގެ ޖީލުތަކަށް އުގައްނައިދިނުމުގެ ބުރަ މަސައްކަތް ކުރައްވަމުންގެންދަވާ އެތަކެއް ހާސް މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވަމުންދާ ގޮވުމަށް ބީރުކަންފަތެއް މިހާތަނަށް އައިރުދެވިފައިވާކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަނޑައެޅިގެން ސަރުކާރުން ތަންފީޒުކުރަމުންދާ މުސާރަތަކުގެ ނިސްބަތަށް ވިސްނާލާއިރު 60000 މަތީ މުސާރަތަކާއި އިނާޔަތްތައް ދެވެއެވެ. އަދި އަލަށް އުފެދޭ އެތަންތައް ހިންގާނޭ އިމާރަތްތަކާއި އެހެނިހެން ހަރަދުތަކަށް ފައިސާހަމަޖެހިގެންދަނީ މުދައްރިސުންގެ ގޮވުމަށް ބީރުކަންފަތެއްދީ ބަހަނާއެއްގެ ގޮތުން ދައްކަމުންއައި ބަޖެޓުގަ ފައިސާނެތްވާހަކައަކީ ހުސްވާހަކަތަކަކަށް ވެގެން ހިނގައްޖެއެވެ. ސަބަބަކީ މިފަދަ ކޮމިސަންތަކަށް ބަޖެޓާއި އެހެނިެހން އައު ވަޒީފާތަކަށް މުސާރަދޭނެ ފައިސާ ދަޢުލަތުގެ ބަޖެޓުގައި ހުރިކަމެވެ
.
މިގަޢުމުގެ ތަކެތީގެ އަގު އިންތިޙާއަށް ބޮޑުވަމުން ދާއިރެއްގައި މުދައްރިސުންނަށް މުސާރަބޮޑުކުރުމުގެެ އެއްވެސް އަލިމަގެއް ނުދައްކަމުން އެހެނިހެން ފަރާތްތަކަށް އަތްނުފޯރާވަރުގެ ބޮޑު މުސާރަޔާއި އިނާޔަތްތައް ކަޑައެޅި ދެވިގެން އެދަނީ މުދައްރިސުނާއި އެމުދައްރިސުންގެ އާއިލާތަކަށް އިތުރު ވޭންދެނިވި މަންޒަރެއްދަކަމުންނެވެ. މިއީ މިޤައުމުގެ މިހާރުގެ ޒިންމާދާރުވެރިން ފުންކޮށް ވިސްނާ އެކަމަށް ވަގުތުންވަގުތަށް ފިޔަވަޅު އަޅަންޖެހޭނޭކަމެކެވެ. ސަބަބަކީ އިސްލާހުކުރެވުނު ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 20 ވަނަ މާއްދާގައި ބުނާ "ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮށްމެ މީހެއްގެވެސް ހައްޤެކެވެ" މިބުނާ އެއްޗަކާ އަދި 23 ވަނަ މާއްދާގެ ގައިވާ އިޤްތިސާދީ އަދި އޖުތިމާއި ހާއްޤާއި ތަޢާރުޒުވާތީއެވެ.

No comments: