Tuesday, September 30, 2008

ފަގީރުކަންބޮޑު މުއްސަދި ދިވެހިރާއްޖެ

ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ވަރަށް މުއްސަދި ގައުމެކެވެ. މިގޮތުން ވިސްނާލާއިރު ދިވެހިރާއްޖޭގެ ރައްތަކަށް ލިބިގެންވާ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ މުއްސަދިކަމަކީ ކޮޅުންނުލާވަރުގެ މުއްސަދިކަމެވެ. އޭގެ އަގަކީ ތެޔޮވަޅުތަކަކަށްވުރެ މާ މުއްސަދި އެއްޗެއްކަމުގައި ގިނަފަރާތްތައްދެކެއެވެ. ނަމަވެސް ގުދުރަތީގޮތުން މުއްސަދި ދިވެހިރާއްޖޭގައި ފަގީރުކަންވެސް އެހާމެބޮޑެވެ.

ދިވެހިރާއްޖޭގެ މުއްސަދިކަންއެއީ ވަންހަނާކުރެވިދާނޭ އެއްޗެއް ނޫންކަން ޔަގީނެވެ. އޭއެފްޕީން (14 ޖެނުއަރީ 2008) ބުނާގޮތުންނަމަ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަޑުން 4000 އެމެރިކާ ޑޮލަރު ދިވެހި ކޮށްމެ ބޮލަކަށް ނިސްބަތުން މިއަހަރު ޖެހޭނެކަމަށް ދިވެހި މަރުކަޒީ ބޭންކު އެމްއެމްއޭ ރިޕޯރޓުކުރެއެވެ. މިނިސްބަތަކީ ކޮށްމެ މީހަކަށް އަހަރަކު 51400 ރުފިޔާ، މަހަކަށްބަލާއިރު 4283 ރުފިޔާ އަދި ދުވާލަކަށް ބަލާއިރު 143 ރުފިޔާއެވެ.

ކަންމިހެން ހުރިކަމުގައި ވީނަމަވެސް ދިވެހިރައްޔިތުންގެ ބޮޑުއާބާދީއެއް ފަގީރުހާލުގައި ދިރިއުޅުން ވޭތުކުރަންޖެހިފައިވެއެވެ. ޔޫއެންޑީޕީގެ ރިޕޯރޓުތަކުން ފެނިގެންދަނީ ދިވެހީންގެ އާބާދީގެ %40 ނުވަތަ ދެބައިކޮށްފަ އެއްބަޔާގާތްކުރާ އާބާދީއެއްގެ ރައްޔިތުން ދިރިއުޅެމުންގެންދަނީ ފަޤީރު ހާލު ދުވާލަކަށް 12.85 ރުފިޔާ ނުލިބިއެވެ. މިހާކުޑަ ލާރިކޮޅެއް ލިބިގެން މިހާބޮޑުއާބާދީއެއް ފަގީރު
ހާލުގައި މުއްސަދިދިވެހިރާއްޖޭގައި އުޅެންޖެހިފައިވާކަން އެއީ ވަރަށްބޮޑު ހިތާމައެކެވެ.

ވީއިރު މުއްސަދި ދިވެހިރާއްޖޭގައި ދިރިއުޅޭ މުއްސަދީންނާއި ފަގީރުންގެ ފަރަގުކުޑަކުރެވޭނޭފަދަ ޓެކުސް ނިޒާމްތަކެއް
ތައާރަފްކުރަންޖެހިފައިވެއެވެ.

Sunday, September 28, 2008

ދެން އަންނަ ރައީސަކަށް ވާރުތަވާނީ

ކުރިޔަށްއޮތްރިޔާސީ އިންތިޙާބުގައި ކޮށްމެ ކެންޑިޑޭޓަކު ރައީސްކަމަށް އިންތިޙާބުވިކަމުގައިވީނަމަވެސް އެފަރާތަކަށް ވަރަށްގިނަގުނަކަންތައްތަކެއް ވާރުތަވެގެންދާނެއެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކަންތައްތައް ވާރުތަވެގެން ލިބިގެންދާނެއެވެ.

އިގްތިސާދީ ހާލަތަށްވިސްނާލާއިރު ގައުމުވަނީ އިގްތިސާދީގޮތުން މީންޒަމާނަކު ދަށަށްނުދާހާ މިންވަރަށް ދަށަށްގޮސްފައެވެ. ތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލި ލިބޭއާމްދަނީން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުޖެއްސުމަކީ އާއިލާތަކަށް ކެރިކުޅަދާނަވެގެންވާ ވަރުގެކަންތަކަށް ނުވެއެވެ. ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށްދޭންޖެހޭނޭ ޙިދުމަތްތަކާއި އެހެނިހެން ކަންކުރުމަށް ނުކުޅެދޭ ހާލަތަކަށް ކަންތައްގޮސްފައިވެއެވެ.

ސިޔާސީގޮތުން ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތި ލާންޖެހިފައިވަނީ ސިޔާސީގޮތުން ގިނަގުނަ އަރައިރުންތަކެއް މުޖުތަމަޢުގައި އުފެދިފައިވާތީއެވެ. ސަބަބަކީ ސިޔާސި ގިނަގުނަ ޕާރޓީތައް އުފެދި ތަފާތުހިޔާލަށް ޖާގަދޭތައް އަދިވެސް އެކަށީގެންވާ މިންވަރަށް ދެވިގެން ނުދާތީއެވެ. މީގެއިތުރުން ވެރިކަމުގެ ދާއިރާއިން ސިޔާސީ ހަމަޖެހުމަށް ތަންނުދެވިއްޖެނަމަ މުޅިމުޖުތަމަޢު ހަލަބޮލިވެގެންދާނެއެވެ.

އަދި އިޖުތިމާއީ ބަލިތަކަށް ވިސްނާލާއިރު މަސްތުވާތަކެއްޗާއި އާއިލާތައް ރޫޅިދަރީން ވިއްސިވިހާލިވެގެން ދާތަން ފެންނަމުންދާއިރު ދީނާދުނިޔެގެއްލިގެންދާތަންފެންނަމުންދެއެވެ. މީގެއިތުރުން ފަގީރުންނާއި މުއްސަދީންގެ ފަރަގުބޮޑުވެ، މުޖުތަމައުގެ އިޖުތިމާއީ ފޭރާންގެއްލިގެންދަނީ ދެވޭތަޢުލީމުގެ ފެންވަރު ދައްވެގެން ދިޔުމާއެކުއެކީއެވެ. އަނެއްކޮޅުން ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށް އިންތިހާއަށް ދަތިވެގެން ގޮސްފައިވަނީ ސާފުބޯފެނާއި މުޖުތަމައުއިން ކުނިނައްތާލުން ފަދަ އިންތިޒާމްނެތިއެވެ. އަދި ދިރިއުޅުމަށް ގެދޮރު ހެޔޮގޮތެއްގައި ހޯދޭނޭ އިންތިޒާމް ނެތްކަން އެއީ ބޮޑުވެގެންވާ މައްސަލައެކެވެ.

މިހިރަ މައްސަލަތަކަކީ ދެންއަންނަ ރައީސަކު ހައްލުކުރުމަށް އިސްކަމެންދީގެން މަސައްކަތްކުރަން ވާރުތަވާނޭ މައްސަލަތަކެވެ. ވީއިރު އަހަރުމެން ރައްޔިތުންގެ ނިންމުމުން ދެންއަންނަ ރައީސަކަށް ރައީސްކަމަށް މި އިންތިޙާބުގައި އިސްކުރާނީ މީގެތެރެިއިން އަންނި، ހަސަނު، ބުރުމާ، އުމަރު، އިބުރާ އަދި މަޢުމޫނު ބާއެވެ؟

Thursday, September 25, 2008

ދުޅަހެޔޮ ތިމާވެއްޓަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ލިބެންޖެހޭ ހައްޤެއް

ނ. އަތޮޅުގެ 14000 އެތަކެއް ރައްޔިތުން އާބާދުވެފައިވާ 13 ރަށުގެ ތިމާވެށީގެ ނާޒުކުކަމާ މެދު އެއްވެސް ފަރާތެއް ދެބަހެއް ނުވާނެއެވެ. މިނާޒުކު ތިމާވެށީގަހުރި މައްސަލަތައް އުފެދިގެން އަންނަނީ ކުނިނައްތާލުމާއި ނަރުދަމާގެ ނިޒާމުތަކާއި ރައްކާތެރި ސާފުބޯފެން ލިބޭނޭ އިންތިޒާމްތައް އަތޮޅުގެ ރައްޔިތުން އާބާދުވެފައިވާ ކުދިބޮޑު އާބާދީތަކުގައި އިންތިޒާމްކުރެވިފައިވާ ގޮތުންނެވެ.

ތިމާވެށިގެ ގޮތުން އަތޮޅުގެ ރައްޔިތުންނަށްް ދިމާވެފައިވާ އެއްމެބޮޑު އެއްމަސަަލައަކަށްވެފައިވަނީ ތިމާވެއްޓާ ރަށްޓެހި އަދި ފައިދާ ބޮޑު ދެމެހެއްޓެނިވިގޮތެއްގައި ކުނިނައްތާލުމުގެ އިންތިޒާމް ކުރެވިފައިނުވާތީއެވެ. ރަށްރަށުގައި އެއްތަނަކަށް ކުނިއެޅުމަށްޓަކައި ކުނިކޮށި ހަދައި ސަރަހައްދު ކަނޑައަޅާފައި ހުރިކަމުގައި ވީނަމަވެސް ކުނީގެ ތަފާތުބާވަތްތައް ވަކިކޮށް ނަައްތާނުލެވި މޫދަށް އެޅިގެންދިޔުމެގެ ނަތީޖާއެއްގެ ގޮތުން ގޮޑުދޮށްތައް ތަގައްޔަރުވެ، އަދި ނައްތާނުލެވޭ ކުނީގެ ބާވަތްތައް އިންތިހާއަށް ގިނަވެގެން ގޮސްފައިވެއެވެ.

ނަރުދަމާގެ ނިޒާމް ޤައިމްކުރެވިފައިވަނީ ވަކިވަކި އަފްރާދުން ސެޕްޓިކް ޓޭންކު ބަހައްޓައިގެންނެވެ. މިގޮތަށް ފާޙާނާކުރެވޭ ފެން އެއްވެސް ގޮތަކަށް ޖަރާސީމުނައްތާލުމުގެ ފިޔަވަޅެއް އެޅުމެއްނެތި ބިމަށް ފެންހިންދާ ގޮތަށް ތައްޔާރުކޮށްފައިވާތީވެ، ރައްކާތެރި ނޫން ނުސާފު ހަޑިފެން ރަށުގެ ފެންފަށަލައަށް އެޅިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ބިމުންނަގާފެނަކީ ތަޤަށްޔަރުވެފައިވާ ފެނަކަށްވާތީ، ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންކުރެވޭނޭފަދަ ސާފުފެނަކަށް ނުވެެއެވެ.

ބިމުންނަގާފެނަކީ ރައްކާތެރިފެނަކަށް ނުވާތީވެ ދިރިއުޅުމުގެ ބޭނުންތަކަށް އެފެން ބޭނުންކުރުމަކީ ރައްކާތެރިކަމަކަށްނުވެއެވެ. ނަތީޖާއެއްގެ ގޮތުން ވާރޭފެން ރައްކާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް ނެގޭނޭ އިންތިޒާމް ހަރުދަނާގޮތެއްގައި ރޭވި، އިންތިޒާމް ކޮށްގެން މެނުވީ ރައްޔިތުންނަށް ފެނުގެ ރައްކާތެރިކަމެއް ނެތެވެ.

މި އަލިއަޅުވާލި ކަންތައްތަކަކީ ރައްޔިތުންގެ ދިރިއުޅުން އާބާދުކޮށްފައިވާ ހަމަކޮށްމެ ރަށެއްގައި ހުރިމުހިއްމު މައްސަލަތަކެވެ. މިމައްސަލަތަކަކީ ދުޅަހެޔޮއާބާދީއަކަށްޓަކައި މިއަދުން މިއަދަށްވެސް ހައްލުހޯދައިދޭންޖެހޭ ނާޒުކުް މައްސަލަްތަކެވެ. އަދި މިއީ އިސްލާހުކުރެވުނު ޤާނޫނުއަސާސީގެ ދެވަނަބާބުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިޖުތިމާއީ ހައްޤުތަކެކެވެ. ވީމާ، އަޅުގަނޑުގެ އުއްމީދަކީ މިފަދަ ހައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

Tuesday, September 23, 2008

މަސައްކަތްތެރީންނަށް ރައްކާތެރި މަސައްކަތުގެ މާހަޢުލެއްބޭނުންވެއެވެ

މަސައްކަތްތެރީންނަކީ ކުރާމަސައްކަތުގެ ސަބަބުންނާއި މަސައްކަތްކުރާ މާހަޢުލެއްގެ ސަބަބުން ގިނަގުނަ ނުރައްކަލާ ކުރިމަތިލާންޖެހޭ ފަރާތްތަކެކެވެ. ވީއިރު މަސައްކަތްތެރީންގެ ހިމާޔަތަށްޓަކައި ރައްކާތެރި ގިނަގުނަ ފިޔަވަޅުތަކެއް މަސައްކަތްކުރާ މާހަޢުލުންނާއި މަސައްކަތްކުރާ ވައްޓަފާޅިގެ ސަބަބުން އެޅެންޖެހޭނެއެވެ. އެގޮތަށް ކަންތައްތައް ނުބެހެއްޓިއްޖެނަމަ މަސައްކަތްތެރީންގެ ސިއްޙީ އަދި ދިރިހުރުމަށް ނުރައްކާވުމަކީ ވަރަށް ގާތްކަމެކެވެ.

މިގޮތުން މިރާއްޖޭގެ މަސައްކަތްތެރީންގެ މަސައްކަތުގެ ވެއްޓަށް ނަޒަރު ހިންގާލާއިރު ފެނިގެންދާނީ ނުރައްކަލުންފުރިގެންވާ މާހަޢުލެކެވެ. ރައްކާތެރިކަމުގެ ފިޔަވާލުތައް ދޯދިޔާގޮތަކަށް އެޅިގެން މަސައްކަތްކުރާ މަންޒަރެވެ. ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަސައްކަތްތެރީންނާއި މަސައްކަތްކުރުވާ ފަރާތްތައް މާބޮޑު ސަމާލުކަމެއް ދީފައި ނުވާމަންޒަރަކީ ގިނައިން މިރާއްޖޭގެ ކަންކޮޅުގައި މަސައްކަތުގެ މައިދާންތަކުން ފެންނާނެމަންޒަރެވެ.

މިނުރައްކާތެރި މަންޒަރުތަކަށް ފަރުވާކުޑަކޮށްފައިވަނީއަކީ ހަމައެކަނި މަސައްކަތްތެރީންނާއި މަސައްކަތްކުރުވާ ފަރާތްތައް އެކަންޔެއްވެސް ނޫނެވެ. މަސައްކަތްތެރީންގެ ރައްކާތެރިކަމަށްޓަކައ އަމަލުކުރަންޖެހޭނެ ނުވަތަ ހެދެންޖެހޭނޭ ޤާނޫނާއި ޤަވާއިދުތަކަކީ ހެދިފަވާނަމަ އެއެއްޗަކަށް އަމަލުކުރުމާއި ނުކުރުން ބަލާނޭ ފަރާތެއް ނުވާޤާނޫނާއި ޤަވާއިދުކަމަށް ދެކެމެވެ. ސަބަބަކީ މަސައްކަތްކުރުމަށް ހުއްދަދޭއިރު ނުވަތަ މަސައްކަތްހިނަގަމުންދާއިރު ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅިފައިވާ މިންވަރު ދެނެގަންނާނެފަރާތެއްނެތެވެ. އިމާރާތްތަކުގައި މީހުން ދިރިއުޅޭން ހުއްދަދޭއިރު ދިރިއުޅުމަށް ރައްކާތެރިތަނަކަށް ހެދިފަނުވާ އެތައްތަނެއްގައި މީހުން ދިރިއުޅެމުން ދެއެވެ.
ކަންތައްތައް މިހެންގޮސް ބޮއްސުންލާފައިވަނީ ޤާނޫނީ އޮނިގަނޑެއްގެ ތެރޭން މަސަަައްކަތުގެ މާހައުލު ރައްކާތެރިކުރުވުމުގެ މަސައްކަތް ޤާނޫނު ހަދާމަޖިލީހުން ފަރުވާކުޑަކޮށް ނުކުރެވިވާތީއެވެ. ވީމާ، ކުރިއަރަމުން ތަރައްޤީވަމުން އަންނަ މިދީބުގެ މަސައްކަތްތެރީންގެ މިފަދަ ހައްޤުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވިގޮތަކަށް ބެލެހެއްޓިގެންމެނުވީ މަސައްކަތްތެރީންގެ މަސައްކަތުގެ މިދަތުރު ރައްކާތެރިއެއް ނުވާނެއެވެ.

Sunday, September 21, 2008

ޓީޗަރުންގެ މުސާރަ ބޮޑުނުކުރުން ބަހަނާއެއް

އިސްލާހުގެނެވުނު ޤާނޫނު އަސާސިން ތަފާތު ގިނަ ވަޒީފާތަކާއި ކޮމިޝަންތަކަށް އެތަކެއް މެމްބަރުން އިސްކުރެވި ބޮޑެތި މުސާރަތައް ކަނޑައެޅިގެން ދާއިރު ރައްޔިތުންގެ ތެރޭގައި ރައްޔިތުންގެ ޅަދަރީންނަށް އަދި މިޤައުމުގެ މުސްތަޤުބަލުގެ ޖީލުތަކަށް އުގައްނައިދިނުމުގެ ބުރަ މަސައްކަތް ކުރައްވަމުންގެންދަވާ އެތަކެއް ހާސް މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށް އެދި ގޮވަމުންދާ ގޮވުމަށް ބީރުކަންފަތެއް މިހާތަނަށް އައިރުދެވިފައިވާކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަނޑައެޅިގެން ސަރުކާރުން ތަންފީޒުކުރަމުންދާ މުސާރަތަކުގެ ނިސްބަތަށް ވިސްނާލާއިރު 60000 މަތީ މުސާރަތަކާއި އިނާޔަތްތައް ދެވެއެވެ. އަދި އަލަށް އުފެދޭ އެތަންތައް ހިންގާނޭ އިމާރަތްތަކާއި އެހެނިހެން ހަރަދުތަކަށް ފައިސާހަމަޖެހިގެންދަނީ މުދައްރިސުންގެ ގޮވުމަށް ބީރުކަންފަތެއްދީ ބަހަނާއެއްގެ ގޮތުން ދައްކަމުންއައި ބަޖެޓުގަ ފައިސާނެތްވާހަކައަކީ ހުސްވާހަކަތަކަކަށް ވެގެން ހިނގައްޖެއެވެ. ސަބަބަކީ މިފަދަ ކޮމިސަންތަކަށް ބަޖެޓާއި އެހެނިެހން އައު ވަޒީފާތަކަށް މުސާރަދޭނެ ފައިސާ ދަޢުލަތުގެ ބަޖެޓުގައި ހުރިކަމެވެ
.
މިގަޢުމުގެ ތަކެތީގެ އަގު އިންތިޙާއަށް ބޮޑުވަމުން ދާއިރެއްގައި މުދައްރިސުންނަށް މުސާރަބޮޑުކުރުމުގެެ އެއްވެސް އަލިމަގެއް ނުދައްކަމުން އެހެނިހެން ފަރާތްތަކަށް އަތްނުފޯރާވަރުގެ ބޮޑު މުސާރަޔާއި އިނާޔަތްތައް ކަޑައެޅި ދެވިގެން އެދަނީ މުދައްރިސުނާއި އެމުދައްރިސުންގެ އާއިލާތަކަށް އިތުރު ވޭންދެނިވި މަންޒަރެއްދަކަމުންނެވެ. މިއީ މިޤައުމުގެ މިހާރުގެ ޒިންމާދާރުވެރިން ފުންކޮށް ވިސްނާ އެކަމަށް ވަގުތުންވަގުތަށް ފިޔަވަޅު އަޅަންޖެހޭނޭކަމެކެވެ. ސަބަބަކީ އިސްލާހުކުރެވުނު ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 20 ވަނަ މާއްދާގައި ބުނާ "ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮށްމެ މީހެއްގެވެސް ހައްޤެކެވެ" މިބުނާ އެއްޗަކާ އަދި 23 ވަނަ މާއްދާގެ ގައިވާ އިޤްތިސާދީ އަދި އޖުތިމާއި ހާއްޤާއި ތަޢާރުޒުވާތީއެވެ.

Saturday, September 20, 2008

ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތް ކުރުން ލަސްވެއްޖެއެވެ

އަޅުގަނޑުމެންގެ ރާއްޖޭގެ ސަރުކާރުގައި ވަޒީފާ އަދާކުރާ 30000 މަސައްކަތްތެރީންގެ އިތުރުން ރައްޖޭގެ ތަފާތު އެތަކެއް ސިނާއަތުގައި މަސައްކަތްކުރާ އެތަކެއް ހާސް މަސައްކަތްތެރީން ވެއެވެ. މިގޮތުން މިރާއްޖޭގެ އެއްމެ ބޮޑު އެއްސިނާއަތުކަމުގައިވާ ޓުވަރިޒަމްގެ ދާއިރާއާއި އެދާއިރާއާއި ގުޅުން ހުރި އެހެނިހެން ދާއިރާގައި މަސައްކަތްކުރާ 50000 މަސައްކަތްތެރީން ވާނޭކަމަށް މިނިވަން ނޫސް ބުނެއެވެ. މިދެއްނެވި ޓުވަރިޒަމް ދާއިރާއަކީ މިގަައުމުގެ އިޤްތިސާދުގެ މައިބަދައެވެ. ނަމަވެސް އެދާއިރާގައި ސީދާގޮތުން މަސައްކަތްކުރާ 20000 މަސައްކަތްތެރީންގެ ހައްޤުތައް ފުރިހަމގޮތުގައި ހިމާޔަތް މިވީތަނަށް ވަނީ ނުކޮށްދެވިއެވެ.

އެކަން ދޭހަވަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފަސްކޮށްގެން ތަސްދީގުކުރެވުނު 2008/2 ނަމްބަރު މަސައްކަތްތެރީންގެ ޤާނޫނުންވެސް އެގެއެވެ. ޓޫރިޒަމްގެ ދާއިރާފަދަ އެތަކެއް މަސައްކަތްތެރީންގެ ހައްޤުތައް ރައްކާތެރި ނުކޮށްދެވިވަނީ އެކަމަށް ކޮށްމެވެސް ބަޔަކު ގަސްތުގައި އިހުމާލުވެގެންނެވެ. ސަބަބަކީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިއަދު ތިބިގިނަފަރާތްތަކަކީ ރިސޯޓުތަކުގެ ވެރިފަރާތްތަކާއި އަދި އެހެނިހެން ވިޔަފާރިވެރީންނެވެ. ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތުންގެ ހައްޤުތައް ވިޔަފާރިވެރީންގެ މަސްލަހަތަށްޓަކައި އެދަނީ ގުރުބާންކުރަމުންނެވެ.

މިހާތަނަށްޖެހެންދެންް ޓުވަރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން އެދާއިރާގެ މަސައްކަތްތެރީން ތަމްސީލުކުރާ ޓީމް ޖަމިއްޔާއިން ސުލްހަވެރިކަމާއެކު ކުރަމުން އައި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެފަރާތްތައް އިހްތިޖާޖު ކުރުމަށް 5 އޮކްޓޫބަރ 2008 ގައި ނިކުތުމަށް ތައްޔާރުވަމުންދާކަމަށް މިނިވަން ނިއުސް ވެބްސައިޓު (20 ސެޕްޓެމްބަރ 2008) ޙަބަރުދެއެވެ. ހަމަގައިމުވެސް މިއީ 20000 އެތަކެއް މަސައްކަތްތެރީންގެ ހައްޤުގައި ނުކުންނަ ނުކުތުމެއްކަން ޔަޤީނެވެ.

ވީމާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ހަރުއަޑުން މިދަނޑިވަޅުގައި އިލްތިމާސްކޮށް ގޮވާލަނީ އދ ގެ އިންޓަރނޭޝަނަލް ލޭބާ އޮގަނައިޒޭޝަނުން މަސައްކަތްތެރީންގެ ހައްޤުތަށް ހިމާޔަށްކުރުމަށް ކަނޑައަޅާފައިވާ މިންގަޑުތަކާއި އެހެނިހެން މިންގަޑުތައް މިރާއްޖޭގެ މަސައްކަތްތެރީންނަށް ހޯދައިދިނުމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިސާދީ މައިނާރުގެ ލޭގެ ހިނގުމަށް ބަދަލެއް ތިޔަބޭފުޅުންގެ ސަބަބުން އަތުވިޔެނުދިނުމަށްޓަކައި ވަގުތުން ފިޔަވަޅުއެޅުމަށެވެ.

އިތުރަށް ވިދާޅުވޭ:
http://www.dharuma.net/articles/may2007ibr1.pdf
http://www.employment.gov.mv/Resources/Employment%20Act.pdf

Friday, September 19, 2008

މިދަތުރު

އާދެ އިންތިޙާބީ މިދަތުރު އަޅުގަނޑު ފަށާފައިވަނީ 2004 ވަނަ އަހަރުގެ އާއްމު އިންތިޙާބުގައި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ ގޮނޑިއަށް ކުރިމަތިލައިގެންނެވެ. އެފަހަރު ދަތުރުކޮށް އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާގެއަކަށް ދޮރުން ދޮރަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ތައާރަފްވެ، ބައްދަލުކުރީމެވެ. ލިބުނު ތަރުހީބަކީ މިދާއިރާއަށް އަލަށް ތައާރަފްވި އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމެކެވެ. އަދި އަތޮޅުގެ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ހުރިމައްސަލަތައް ދެނެގަތުމުގެ އިބުރަތްތެރި ދަރުސްތަކެއްލިބުނު ދަތުރަކަށްވެސް އެދަތުރުވެގެން ދިޔައެވެ. މި ލިބުނު ތަރުޙީބާއި އިބުރަތާއި އެކު ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެމްބަަރަކަށް މިފަހަރު މަތް ﷲ ގެ ވާގިފުޅާއެކު މިކުރިމަތިލަނީ ތިޔަބޭފުޅުންގެ ތާއީދުލިބޭނޭކަމުގެ ފުރިހަމަ އުއްމީދާއެކުއެވެ.

އުއްމީދަކީ އަދި އަޒުމަކީ އަތޮޅުގެ ރައްޔިތުންގެ އިޖުތިމާއި ހަމަޖެހުމާއި ގުޅުމަށް އަސަރުކުރަމުންދާ އިތުރުވަމުންދާ ކުއްތައް މަދުކުރުމަށާއި މަސްތުވާތކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޖިލީސް ތެރޭން މަސައްކަތް ކުރުމެވެ. މަޖިލީސްތެރޭން ކުރެވޭނެ މަސައްކަތެއްކަމުގަ ދެކެނީ މަސްތުވާތަކެތީގެ ފަރުވާގެ އިންތިޒާމް ހަރުދަނާކުރުމުގެ ޤާނޫނީ އޮނިގަނޑާއި ބަޖެޓު ލިބޭނޭ ގޮތްތައް ފަހިކުރުމެވެ. އަދި މަސްތުވާތަކެތި އެތެރެކޮށް ވިޔާފާރި ކުރާފަރާތްތަކަށް ޤާނޫނީ ހަރުކަށި އަދަބުކަނޑައެޅި ތަންފީޡު ކުރުމެވެ

މީގެ އިތުރުން ކުށުންނާއި މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޅަޖީލު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ރިވެތި އުސޫލުތަކާއި ސުލުކީމިންގަޑުތަކާއި އާދަކާދަޔާއި ތަރުބިއްޔަތު ދަރީން ކިބައިގަ އަށަގެންނެވުމަށްޓަކައި ސްކޫލު ސިސްޓަމުންތެރޭން އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރުމާއި ޅަދަރީން ދީނަށް ލޯބިޖެއްސުމާއި އިސްލާމީ ރިވެތި އަޙްލާޤެއް ދަރީންނަށް ދިނުމުގެ އިންތިޒާމުތައް މުޖުތަމަޢުގެ އާއިލާތަކާޢި ސްކޫލުމަދަރުސާތަކާއި މިސްކިތްތަކުގެ އިމާމުން ގުޅިގެން ހިންގުމަށް މަސައްކަތްކުރެވިއްޖެނަމަ އިޙްތިރާމާއި ގަދަރު އުފުލިގެންވާ މުޖުތަމަޢުއެއް ހުރިހާ އެންމެންވެގެން ބިނާކުރެވިދާނެކަމަށް ދެކެމެވެ.

Wednesday, September 17, 2008

ތަރައްޤީގެ ކުރިމަގަށް ހުރިހުރަސްތައް ނައްތާލާނޭ ފަރާތްތަކެއް ބޭނުންވެފައި

އަޅުގަނޑުމެންގެ މުސްތަޤްބަލްގެ ހުރިހާ އުއްމީދެއްގުޅިފައިވަނީ މިއަދުގެ ދަރީންނަށް ދެވޭ ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތަކުންކަން އަޅުގަނޑު ދަންނަފަދައިން ތިޔަބޭފުޅުންވެސް ދަންނާނޭކަމާމެދު ޔަޤީން ކުރަމެވެ. "ތަޢުލީމަކީ ތަރައްޤީގެ ބިންގަލަވެ." މިއިބާރާތްކޮޅުގައި ބުނާފަދައިން މުޅި ހުރިހާ ތަރައްޤީއެއްގުޅިފައިވަނީ ދަރީންނަށްދެވޭ ތައުލީމާއެވެ. ދަރީންނަކީ އަޅުގަނޑުމެންގެ ތަރައްޤީގެ މުލައްދަނޑި ތަކާއި އުފެއްދުންތެރިކަމުގެ އަތްތަކެވެ. އެއަތްތަކާއި މުލައްދަނޑިތައް ގުޅިފައިވަނީ ވިސްނުންތެރިކަމާއި ހުނަރުވެރިކަން އެކުލެވިގެންވާ ސިކުނޑިތަކަކާއެވެ. އެ ސިކުނޑިތަކުގެ ލޭގެ ހިނގުންދައުރުކޮށްދޭ ހިތްތަކަކީ އޯގާވެރިކަމާއި އެކުވެރިކަމާއެކު އެންމެންގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އެކުލެވޭ ހިތްތަކަކަށް ވާނޭކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެކަމަކު އެއީ ތަފާތު ދާއިރާތަކަށް ބޭނުންވާނޭ މީހުން އުފައްދައިގެންނެވެ. ވީމާ، މިފަދަ ފުރުސަތުތަކެއް ތަނަވަސްކުރެވޭނޭގޮތްތަކަކީ ކޮބައިތޯބަލައި އެގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހިފައިވެއެވެ.

ވީމާ، ދެވޭތަޢުލީމަަކީ ހަރުދަނާ އަދި އޭގައި އޮށްޓަރު ހުރި އެއްޗަކަށް ވާންޖެހެއެވެ. މިހާރު ނެރެމުންދާ ނަތީޖާއާއި ކުރާ ހޭދަޔާ އަޅާކިރަންޖެހެއެވެ. އެތަކެއްދަރީން އެތަކެއްފައިސާއެއް ދައްކައިގެން ހަދާ އިމްތިހާނެއްގައި ހޯދާނަތީޖާއަކީ އެދަރީންގެ މުޅިދިރިއުޅުން ރޯޝަންކުރާނޭ ނަތީޖާއަކަށް ނުވާސަބަބު ހޯދައިދެނެގަނެ އެއަށް ފަރުވާކުރަންޖެހިފައިވަނީ ޑޮކްޓަރަކު އޭނަކައިރިޔަށްދާ ބަލިމީހަކަށް ފަރުވާކުރުމަށްޓަކައި ކުރާ ޓެސްޓްތަކާއި އެކުސްރޭ ތަކާއި އަދި އެނޫންވެސް ތަޙްލީލް ތަކުގެ އަލީގައި ފަރުވާ ކުރާފަދައިންނެވެ. އެހެން ނުވާނަމަ މިހާރު މިކުރާހޭދަޔަކީ ފޫނެއްފަޔަކަށް ފެންފުރުންފަދަކަމެކެވެ. މިސާލަކަށް ދަންނަވަނީނަމަ ބައެއްރަށް ރަށުގައި އޭލެވެލަށް ކިޔަވައިދެން ފަށައިގެން އެކަން ހެޔޮގޮތުގައި ނުކުރެވި އެބަހުންޓެވެ. ގްރޭޑް 12 އޮވެފައި އެގާރައެއް ނޯވެއެވެ. ގޮރޭޑް 10 އެއް ނިންމާ 10000 ވުރެ ގިނަކުދީންގެ ނަތިޖާ އަށް ވިސްނާލާއިރު ބައެއް މާއްދާ ތަކުން ފާސްވާ ނިސްބަތަކީ %6 އެވެ. މިއީ، މިކުރާ ހޭދަޔާ އަޅާ ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމަގައިމުވެސް ފުރިހަމަ ތަޙްލީލަކަށް ބޭނުންވެފައިވާކަމުގެ ހެއްކެކެވެ. ފަހަރުގައި މިއީދތެދަކަށް ނުވެވެސް ހިނގައިދާނެއެވ.

އަދި އަޅުގަނޑުމެންގެ ދަރީންގެ ސްކޫލް ދައުރަކީ ކާމިޔާބު ދައުރަކަށް ހެދުމަށް އަޅަންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންތައް ހައްލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރީ ކޮންކަންތައްތަކެއްތޯބަލައި އެކަންތައް ތައް ހާސިލްކުރުމަށް ވަކި އަމާޒެއް ކަނޑަ އަޅައިގެން މަސައްކަތްކުރާނެ ފަރާތްތަކަކަށްވަނީ ބޭނުންވެފައެވެ. ސަބަބަކީ ސްކޫލް ހަޔާތަކީ އެހަޔާތުގެ ތަފާތުމަރުހަލާ ތަކުގައި ދަރީންގެ އުޅުމާއި ގުޅުމަށް ތަފާތުބަދަލް އަންނަމުންގޮސް އެބަދަލްތައް އަންނަ ދުވަސްވަރަކީ ބެލެނިވެރީން ކަންބޮޑުވެ ހާސްކޮށްލާ ދުވަސް ވަރަކަށް ވާތީއެވެ. ވީމާ، ޕްރީސްކޫލް ދައުރު، ޕްރައިމަރީ ދައުރު، ފަށާ އަދި މަތީ ސާނަވީ ދައުރު އެދައުރަކާ ގުޅޭއެކަށޭނެ އިލްމީ ޤާބިލް ކަމެއް ލިއްބައި ދިނުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ލިޔަން ކިޔަން ޅަފަތުގާ އެނގުމަކީ މިދެއްނެވި މަރުހަލާތައް ކަޑަތުކުރުމުގައި އެއްމެެ އިސްދަޢުރެއް ކުޅޭނެ ކަންތައްތަކެވެ. އަދި ފެންވަރު ރަނގަޅު މުދަރިސުންގެ ސަބަބުން ފެންވަރު ރަގަޅު އުފެއްދުންތެރި ޖީލެއް އުފެދިގެން އަންނާނޭކަމީ އަޅުގަނޑުމެން އެކަކުވެސް ދެބަސް ނުވާނޭ ހަޤީގަތެކެވެ. ވީމާ، ދަރީންނަށް ތަޢުލީމާއީ ތަރުބިއްޔަތު އުގަންނައިދޭން ފެންވަރު ރަގަޅު މުދައްރިސުން ތަކެއް ތިބުމަކީ އަޅުގަނޑުމެންގެ ހުވަފެނެވެ. މިހުވަފެން ހަޤީގަތަކަށް ވަމުން އަންނަތަން އަޅުގަނޑަށް ފެންނަކަހަލައެވެ. ނަމަވެސް މިކަން އަވަސް ކުރުމުގެ ގޮތުން ކުރެވެން ހުރި ކަންތައްތަކުގެ މައްޗައް ވިސްނާ އެޅެންހުރިފިޔަވަޅު ތަކަކީ ކޮބައިތޯބަލައި ޕްލޭންތަކެއް ކުރުމުގައި މަސައްކަތް ކުރާނޭ ލީޑަރޝިޕަކަށް ވަނީ ބޭނުންވެފައެވެ.

Sunday, September 14, 2008

ދިވެހިރާއްޖޭގެ ވެރިކަން ޢާއިލީ އަމިއްލަ ކުންފުންޔެއް ހިންގާގޮތަށް ހިންގިދާނެހެއްޔެވެ؟

ދިވެހިރާއްޖެއޭ ބުނެވެނީ ދިވެހިރައްޔިތުންގެ ދިރިއުޅުން ބިނާކުރަމުންގެންދާ ދިވެހިރާއްޖޭގެ ރައްތަކުގެ ބިމާއި ކަނޑުފަޅާއި ޖައްވުގެ ސަރަހައްދަށެވެ. އެސަރަހައްދުގައި ދިރިއުޅޭ ދިވެހިރައްޔިތުން ނުވާނަމަ އެރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް އެރައްޔިތުން ބޮޑެތި މުސާރަޔާއި އިނާޔަތްތައް ދީފަ ރައްޔިތުންގެ ތެރެއިންބަޔަކާ ހަވާލުކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި އެސަރަހައްދުގައިވާ ގުދުރަތީ މުއްސަދިކަމަކީ ދިވެހިރައްޔިތުންގެ މިލްކެކެވެ. އެ މިލްކިއްޔާތުގެ ނަފާ ދިވެހީންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭންޖެހޭނީ ދިވެހިރައްޔިތުންގެ މެދުގައި އެރައްޔިތުން އާބާދުވީ ރައްތަކާއި މުޖުތަމަޢު ތަކުގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަގޮތެއްގައެވެ. ވީއިރު ވެރިކަމުގެ ދާއިރާއިން ދިވެހިރައްޔިތުންގެ ފައިދާއާއި ލާބަޔާއި މަސްލަހަތު ކުރިޔަށް ނުނެރެ ވެރިކަމުގައިތިބި ފަރާތްތަކުގެ އަމިއްލަ ފައިދާއާއި ލާބަޔަށް ދިވެހިރާއްޖޭގެ ވެރިކަން އަމިއްލަ ޢާއިލީ ކުންފުންޔެއް ހިންގާހެން ހިންގިދާނެހެއްޔެވެ؟ މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ބުރަމަސައްކަތުންނާއި މުއްސަދިކަމުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ބައިތުލްމާލަށް ޖަމާވަމުންދާ ފައިސާ ވެރިކަމުގައި ތިބިވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެވެރިންގެ ގެދޮރު ބިނާކޮށް ދިރިއުޅުން އާރާސްތުކުރުމަށް ޢާއިލީ އަމިއްލަ ކުންފުންޔެއްގައި ނަފާ ބަހާލެވޭހެން ބައި އެޅިދާނެހެއްޔެވެ؟

އާއްމުގޮތެއްގައި ކުންފުނިތައް ހިންގަމުން އަންނަނީ ވަކި ރައުުސްމާލަކުން ފައިދާ އާއި ގެއްލުން ކުންފުނިން ޖާމިނުވެގެންނެވެ. މިފަދަ ކޮށްމެ ފައިދާ އަކާ ގެއްލުމެއްގެ ހިއްސާދާރުންނަކީ ކުންފުނީގެ ހިއްސާދާރު ވެރިންނެވެ. ގިނަފަހަރަށް މިފަދަ ކުންފުނިތަކަކީ އާއިލީ ނުވަތަ ވަކި މީހެއްގެ އަމިއްލަ ކުންފުނިތަކެވެ. ވީމާ، އާއިލީ އަދި އަމިއްލަ ކުންފުނިތަކުގައި ހުރިހާކަމެއްވެސް ނިމިގެން ދަނީ އެކުންފުންޔެއްގެ ފައިދާއަށް ބެލިގެން މުޖުތަމަޢުއާއި މަސައްކަތްތެރީންގެ ހައްޤުތަކަށް އިހުމާލުވާފަދަ ގޮތަކަށެވެ. ވަޒީފާއަކަށް މީހަކު ހޮވަންޖެހުނަސް އަދި ނަފާވެރި މަސައްކަތެއްގައި ބައިވެރިވުން ކަމުގައި ވީނަމަވެސް ކުންފުނީގެ ވެރިންގެ މަސްލަހަތަށް ނޫންގޮތަކަށް އެއްވެސް ކަމެއް ނިމިގެން ނުދާނެއެވެ. ހުރިހާވެސް ބޭނުމަކަށް ވެފައި އޮންނާނީ ފައިދާނެރެ އާއިލީ ނުވަތަ އަމިއްލަ ކުންފުނީގެ ވެރިޔާގެ އެކައުންޓުތަކަށް ނަފާ ޖަމާކުރުމެވެ. މި ގޮތުގައި ބަލައިލާއިރު ފަރުދީ އަދި އިޖުތިމާއީ އެއްވެސް މަސްލަހަތަކަށް ބަލައިލުމެއް ގިނަފަހަރަކަށް ނޯންނާނެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ހުދުމުހުތާރު ސިފަތަކަކަށް މިފަދަ ކުންފުނިތަކުގައި މަސައްކަތްތައް ރޭވިގެން ހިނގަމުން ދެއެވެ. މިފަދަ ގޮތަކަށް ދިވެހި ރައްޔިތުންގެ ކުދި ބޮޑު އެއްމެން ހިއްސާވާ މިދިވެހިރާއްޖޭގެ ސަރުކާރުގެކަންތައްތައް ވެރިކަމުގައި ތިބި މަދު މީސްކޮޅެއްގެ އާއިލާއާއި ދެކިފަރިތަ ރައްޓެހީންނާއި ގާތްތިމާގެ މީހުންގެ ގެދޮރު ބިނާކޮށް ދިރިއުޅުން އާރާސްތުކުރުމަށް ފަހިވާގޮތަށް ހިންގިދާނެހެއްޔެވެ؟ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުންނާއި ގުދުރަތީ މުއްސަދިކަމުގެ ފައިދާއިން ދިވެހި ޤައުމުގެ ހަޒާނާއަށް ހަޒާނާވަމުންދާ ފައިސާ ޢާއިލީ އަމިއްލަ ކުންފުންޔެއްގައި ނަފާ ބަހާލެވޭހެން ބައި އެޅިދާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަންތައްތައް ރައްޔިތުންގެ ރުހުމާއި ލާބަޔާއި ތަރައްޤީ އާއި ކުރިއެރުމަށް ހިންގުމަށް ދިވެހިރައްޔިތުންނަށް ލިބިގެންވާ ވެރިކަމުގެ ބާރުތައް އެރައްޔިތުން ރުހޭ ބަޔަކާ ހަވާލުކުރެވެއެވެ. އަދި އެފަރާތްތަކާ އެމަސައްކަތް ހަވާލުކޮށް ބޮޑުވެގެންވާ މުސާރަޔާއި އިނާޔަތްތައް ހަމަޖައްސައިދެނީ ދިވެހި ރައްޔިތުންގެ ހައްޤުތަކަށް އަރި ނުގަނެ އިންސާފާއި ހަމަހަމަކަމާއި އަހުލާސްތެރިކަމާއި އެކު ރައްޔިތު ކުދިބޮޑު އެއްމެންގެ މަންފާއަށް ދިވެހިރާއްޖޭގެ ގުދުރަތީ އަދި ރައްޔިތުންގެ ބުރަމަސައްކަތުން އެއްކުރާ ފައިސާގެ ނަފާ ތަފާތު ކުރުމެއްނެތި މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރުއުޅުން ފަހިކޮށް ތަރައްޤީ ކުރުމަށް ހޭދަކުރުމަށެވެ. އެއްވެސް ހާލެއްގައި ވެރިކަމުގައި ތިބި މަދުބައެއްގެ އަމިއްލަ ޖީބުތަކާއި އެކައުންޓުތަކާއި ގެދޮރު ބިނާކޮށް ހެދުމަށް ހަމައެކަނި އެފަރާތްތަކަށް ދިވެހި ރާއްޖޭގެ ބައިތުލްމާލުގެ ފައިސާ ފަހިވެ ލިބޭގޮތަކަށް ނޫނެވެ. ސަރުކާރުގެ ޒިންމާއާއި މަސްއޫލިއްޔަތަކީ އެފަރާތްތަކުން މާތް ﷲ ގަންދީ ކުޅަ ހުވަޔާ އެއްގޮތަށް ރައްޔިތުންގެ ހައްޤުހިމެނޭ ކޮށްމެ އެއްޗެއް އެއެއްޗެއްގެ ހައްޤުވެރީންނަށް އަމާނާތްތެރިކަމާއެކު އެފަރާތްތަކުން އެދޭ ފަދައިން އެފަރާތްތަކުގެ ތަރައްޤިއާއި ކުރިއެރުމަށް ފޯރުކޮށްދިނުމެވެ. ކުޅަ ހުވަޔާ ހިލާފަށް، މިގޮތަށް އަމަލު ނުކުރެވި، ސަރުކާރުގައި ދެމިތިބި މަދުބައެއްގެ އަމިއްލަ ފައިދާ ކުރިޔަށް ނެރި އެފަރާތްތަކުގެ ކުރިއެރުން ނެރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިއެވަނީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ބަނޑުފުރާ މުއްތިކުރުމަށް ދުވާލަކަށް 15 ރުފިޔާ ނުލިބި، ގިނަރަށްރަށަށް އަރާފައިބާނޭ ގޮތެއް ނެތި ތަރައްޤީގެ ކުލަވަރެއް ނެތްރައްތަކެއްގައި ދިރިއުޅުން ވޭތުކުރަން ޖެހިފައެވެ. ވީއިރު ރައްޔިތުންގެ ވެރިކަން އަމިއްލަ ކުންފުންޔެއް ހިންގާގޮތަށް ހިންގިދާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ މިލްކިއްޔާތުގެ ބައެއް ކަމުގައި ބެލެވޭ ރައްޔިތުންގެ ޙަޒާނާއަށް ރާއްޖޭގެ މުއްސަދިކަމާއި ރައްޔިތުންގެ ބުރަމަސައްކަތުންނާއި އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއި ލޯނާއި އެހެނިހެން ގޮތްގޮތަށް ޖަމާވަމުންދާފައިސާއަށް ވެރިކަމުގައި ތިބި ފަރާތްތަކުން ހިތުހުރިގޮތެއް ހެދުމުގެ ނަތީޖާއަކީ ރާއްޖޭގައި އެކިފެންވަރުގެ ނާޖާއިޒް ގޮތްގޮތުން ކަންތައް ކުރުމާއި ހިޔާނާތްތެރިކަމުގެ ވަބާ މުޅުދީބަށް ފެތުރިގެން ދިޔުމެވެ. ކަން އެހެން ވުމުން ރައްޔިތުންގެ ފައިސާ އަތުޖެހުނުމީހަކުު އެމީހަކަށް ލިބުނުވަރަކަށް އެމީހެއްގެ އަމިއްލަ ޖީބަށްް ޖަމާކުރުމުގެެ ރޫހެއް އުފެދިފައިވާކަމަށް ބެލެވެއެވެ. މިފަދަ ކަރަޕްސަނުން ފުރިގެންވާ ފަދަ މާހައުލެއް ގާއިމް ކުރެވިފައި ވާތީވެ، އެހީދޭ އެކުވެރި ދަޢުލަތްތަކުގެ ތަފާތު އެޖެންސީތަކުން އެހީދިނުމުގައި ތާށިގޮތްތަކަކަށް ބަލަމުން ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ވަކިބައެއްގެ އަމަލުތައް ހުރިގޮތުން މިއަދާއި މާދަމާގެ ޖީލު ދަރަނިވެރިވެ، ހުރިހާވެސް ދެރަނިކަމެތިކަމެއް ލިބިގެން ދަނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށެވެ. މިއީ އަމިއްލަ ކުންފުންޔެއްހެއް ދިވެހިރާއްޖޭގެ މުއްސަދިކަމުގެ ފައިދާ ވަކިބަޔަކު ނަގަން އުޅުމުން މުޅިރާއްޖެއަށް ލިބޭ ގެއްލުމާއި ހަލާކެވެ. ވީއިރު ރާއްޖޭގެ ސަރުކާރު ހިންގުން ކުންފުނި ހިންގުމުގެ ބައްޓަމަށް ބަދަލް ކުރެވިދާނެހެއްޔެވެ؟

ދިވެހިރާއްޖޭގެ ސަރުކާރުގެ ވަޒީފާއަށް ދިވެހީން ހަމަޖެއްސުމާއި ވަކިކުރުމުގައި އުސޫލެއް ހަމައެއް ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް އަމަލުކުރުމުގައި އެއަށް ބެލިގެން ނުގޮސް ކަރޕްޓް ގޮތްތަކަކަށް ބެލިގެން ދެއެވެ. ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގައި މިހަކު ހުުންނަކުލަޔާއި އަޅާހެދުމާއި ވިސްނުން ހުންނަގޮތަކަށް ބެލި، ކުރަންޖެހޭ މަސައްކަތަށް ނުވަތަ އަދާކުރަންޖެހޭ ވަޒީފާއަށް ބޭނުންވާ އެއްވެސް ހުނަރުވެރި ގޮތްތަކަކަށް ނުބެލި ވަޒީފާ ލިބުމާއި ނުލިބުން ބިނާވެފައިވުންކަމުގައި ވަނީނަމަ ދިވެހީންނަށް ވަޒީފާދޭ އެއްމެ ބޮޑު އެއް އެޖެންސީ ކަމުގައިވާ ދިވެހިސަރުކާރުން ދިވެހީންގެ މެދުގައި މިހާބޮޑެތި ތަފާތުކުރުންތަކެއް މިގެންގުޅެނީ ސަރުކާރު ހިންގުމުގައި ހުރި ދޯދިޔާ ކަރަޕްޝަނުން ފުރިގެންވާފަދަގޮތްތަކަކަށް ތަބާވެގެންވާތީކަމާމެދު ޝައްކުކުރެވެއެވެ. މިފަދަ ގޮތްތަކަކީ ވަކިމީހަކަށް ވަކިގޮތެއް ހެދުމުގެ ސިޔާސަތުން ގާތްތިމާގެ އެކުވެރި ރަހުމަތްތެރީންނަށް ގޮތްތަކެއް ހޯދައިދިނުމަށް އަމިއްލަ ކުންފުނި ފަދަތަންތަނުގައި ގެންގުޅޭ ގޮތެކެވެ. މިފަދަ ސިފަތަކެއް ދިވެހިރައްޔިތުން ހިއްސާވާ ދިވެހިރާއްޖޭގެ ވެރިކަން ކުރާފަރާތުގައި ހުރުމަކީ ދިވެހީންގެ މެދުގައި ހަމަހަމަކަން ގާއިމް ނުކޮށްދެވޭނޭ ގޮތްތަކެއް ކަމަށް ދެކެވިދާނެ ހެއްޔެވެ؟
މިފަދަ ސިފަތަކުން ދިވެހިސަރުކާރު ތޯހިރުކުރުމަށްޓަކައި ސަރުކާރުގައި އުފައްދާފާހުރި ތަފާތު އޮފީސްތަކުގެ ނަންތަކަށް ވިސްނާލަމާ ހެއްޔެވެ. އެންޓި ކަރަޕްޝަން ބޯރޑު، އޯޑިޓް އޮފީސް، ޕަބްލިކް ސާރވިސް ޑިޥިޒަން، ޕަބްލިކް ކޮމްޕުލެއިންސް ބިޔުރޯ ފަދަ ތަފާތު ނަންނަމުގައި ހެދިފައިވާ އޮފީސް ތަކަކީ ރައްޔިތުންގެ ފައިސާއާއި ތަކެއްޗާއި މަސްލަހަތު ޖާއިޒް ނޫން ގޮތްގޮތުގައި ބޭނުން ހިފުން ހުއްޓުވާ އެފަދަ އަމަލު ހިންގާ ވެރިންނާއި މުވަޒަފުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރާއި އިހްތިޔާރު ދީފާވާ ތަންތަން ކަމުގައި ވީނަމަވެސް ފިޔަވަޅު އެޅުމުގައާއި ބެލުމުގައި އެކިއޮފީސްތަކުގެ ކަންތައްތައް އެކިމިންވަރަށް ބެލި ވަކި އޮފީސްތަކާއި ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ހުށައެޅުނަސް ބެލުމެއް އަޅާލުމެއް ނެތް މައްސަލަތަކެއްގެ ގޮތުގައި ހިމެނިގެން ދެއެވެ. އަދި އެއްއޮފީހެއްގެ މުދަލާފައިސާއަށް ހިޔާނާތްތެރިވުމުން އެހެން އޮފީހަކަށް ބަދަލްކޮށް ލުން ފަދަގޮތްތަކުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާ ފަރާތްތަކާމެދު ކަންކުރެވެއެވެ. ފަހަރުގައި މިފަދަ ކަންކަމަކީ އަމިއްލަ މަސްލަހަތައްޓަކައި ސަރުކާރުގެ މަސްއޫލުވެރިން ކުރަމުންގެންދާ ކަމެއްކަމުގައި ވުން އެކަށިގެން ނުވާނޭބާއެވެ؟

އާއްމުގޮތެއްގައި މިފާހަގަ ކުރެވުނު ސިފަތަކަކީ ސަރުކާރެއްގައި ހުރުން ލާޒިމުނޫން އެހަނަސް ދިވެހި ސަރުކާރުގައި އެސިފަތަކަކީ އެސިފަތަކެއްގެ ވަށައިގެން އެހެން ހުރިހާކަމެއް އެނބުރޭ ނުވަތަ އެސިފަތަކެއްގެ ތަރަހައިގައި ސަރުކާރުގެ އެއްމެހައިކަމެއް ބިނާކުރެވިފައިވާ ސިފަތަކެއްކަމަށް ދެންނެވިދާނެހެއްޔެވެ؟ ސަބަބަކީ ރައްޔިތުން ބުރަމަސަކަތުން ހޯދާފައިިސާއާއި ރާއްޖޭގެ ގުދުރަތީ މުއްސަދިކަމުން ލިބޭ ފައިސާއާއި އެކުވެރިދައުލަތްތަކުގެ އެހީއާއި ލޯނުފައިސާއިން ރައްޔިތުންގެ ދިރިއުޅުން އާރާސްތުކުރުމަށް ހޭދަކުރުމުގެ ބަދަލުގައި ސަރުކާރުގެ ބޮޑުންގެ ދިރިއުޅުން ބިނާކުރެވި، ހިޔާނާތް އިންތިޙާއަށް ބޮޑުވެ، ވަޒީފާ ދިނުމާއި ވަކިކުރުމުގައި ވަކި ވިސްނުމަކަށް ބެލިގެން ދާތަން ފެންނަހެން ހީނުވޭހެއްޔެވެ؟ ވީއިރު، ދިވެހި ރައްޔިތުންގެ އަސާސީ ހައްޤުތަކަށް ރައްކާތެރިވުމަށާއި ދިވެހި ޤައުމަށް އިޙްލާސްތެރިވުމަށް މާތް ﷲ ގަންދީ ކުޅަ ހުވާ ފަހެކޮބައިހެއްޔެވެ؟ މިފަދައިން ހުވާކޮށްފައިވާއިރު ދިވެހި ރައްޔިތުން ހިއްސާވާ ސަރުކާރުގެ ކަންތައްތައް އަމިއްލަ އާއިލީ ކުންފުންޔެއް ހިންގާހެން ހިންގިދާނެހެއްޔެވެ؟ ނުވަތަ އެފަދައިން ހިންގުމަށް މިފަހަރުވެސް ހަވާލު ކުރާނީ ހެއްޔެވެ؟

Wednesday, September 10, 2008

A Society at the Brink of Collapse

The social fabric of our society is deteriorating at meteoric pace, creating uncertainties among everyone in the society. These include breaking up of families, spread of substance abuse at epidemic proportion, increase in crimes against women, children, elderly and strained relations among the members of the society leading to a divided society.

According to Haveeru (May 2008) half of the marriages end up in divorce, which in the sense means that we are experiencing an increase in number of divorce rates in the country. Due to these break ups we the families, which is comprised of our society is broken up into pieces. These create generations of children who are from broken families and some of them become statistics of drug abuse and crimes.

The other side of the coin is increase in crimes that has taken young lives in our society. Gang fights on the streets, rape, robbery, and mugging are common in this closely nit Islamic society. One can wonder where the discipline of our society gone over the years. What has caused these upheavals and where have we gone wrong in the past decades?

Then the substance abuse which has caused uproar in our society by reaching it to endemic proportion. This has affected every family of the society leading to chaos and disintegration among those who use it and others in the family. Compelling issue of reversing back the situation seems a long way away. Where have the authorities of the past decades gone?

These are issues which are haunting the society at large and straining the relations among the families, friends and neighbours. These generations of our future are so embedded with crimes, substance abuse, and shattered families. Where could we turn for help? It seems no one cares about it and the society is left in peril.

However, I stand to defend family values, curbing crimes and substance abuse.

Sunday, September 7, 2008

Economic Reform

As we know our economy is in really bad shape. The prices are sky rocketing as the inflation of the country moves up in double digits. This is a worrying situation that is affecting most of the middle class and the gap between those who have not are widening. The plight and the hardship facing many of the people in these income brackets are the hardest hit.

Everyday they worry about the staple food that they have to keep them fed in this time of Ramazan. The price of the fish to the watermelon has sky rocketed over the weeks and months. This situation needs to be changed by bringing meaningful economic reform to the nation.

The economic reform is as vital to the nation as we have embarked on the political reform. The incumbent finance minister knows the importance of economic reform as he was talking about it while he was the governor of the central bank, Maldives Monetary Authority (MMA).

So, I stand for the economic reform that is so necessary for a decent living for the families of Maldives.

Friday, September 5, 2008

Health Care that We Have

Health care in the country are in four tiers. First it is the island level, and then it is atoll level, after that it is regional level and finally it is the national level in the capital Male’. These different levels of health services for the people are at differing range in services and quality.

Most of the health care available at island and atoll level are pretty basic and lacks resources ranging from trained personnel to equipments, treatment and medications. Moreover, regional level health care services are no better than that of Male’.

This was evident when we sought health care service from one of the health centre recently in our visit to our island. The foreign doctors in the island changed the medications as they wish and was not able to suspect the continuous fever for anything that was common in the island or for that matter in the Maldives.

So, our gut feeling was that we cut short our visit to the island and return to Male’. It was expensive to travel from atoll level to regional then to Male’ because there is no cheaper transportation mechanism in the country yet. So, upon returning Male’ the pediatrician at a private hospital did couple of tests and pronounced that it was dengue fever and said it can be managed at home and released explaining what can be done at home.

At home as we realized that the child’s health is deteriorating we took him to the government hospital in Male’ and immediately treated for dengue when I showed the report to the doctor in the emergency room. But we were placed in a corner in emergency room, because there were no empty beds, where wastes lay around and dustbins were not empty for days. However, next morning we were transferred to children’s ward.

From these I realize this would be the experience of each and every Maldivian. It lacks resources and personnel in the provision of quality health care around the country. To expand the health sector in order to cater for the growing need for better and quality health care around the country it needs better facilities, equipments, well trained human resources and most importantly quality health care affordable and within reach without a hefty transport bill.

So, we need to put more funds and resources in this sector for it to improve. I stand for it.

Wednesday, September 3, 2008

Education and Training: Key to Sustainable Development

As we progress as a nation the education and training that is available for the younger generation is the key to sustain development in the country. It is because the opening of new opportunities as we increase economic activities due to expansion of production possibility frontier of the country require people with quality education and training. Moreover, the younger generation will be replacing today’s responsible people in various posts in the country.

Therefore, it is vital to improve the quality of education that we require for the future of the country. Hence, we need to address students who are left behind in their grades, the dropout crisis at grade 10, improve on student achievements in English, Math and Science subjects.

In this line of thought we also need to guarantee quality pre-school, primary, and secondary and college education in the nation by producing, recruiting, retaining and rewarding quality teachers. Bring progressive changes to curriculums, infrastructure, human resources, technology that we use in the current system. In turn the Maldives system of education will be more reliable and competitive among the world league of nations.

Monday, September 1, 2008

Content Thief

Content theft, copy right infringement and plagiarism are things that must be dealt in politics as well. These acts will violate the international laws that protect the intellectual property and copy rights.

Recently in US politics Barack Obama was accused of plagiarizing from his friend. Similarly McCain was accused of plagiarizing from Wikipedia. Now the Vice Presidential candidate, Joe Biden’s plagiarism controversy is in the air.

Similarly, in the new found politics of Maldives I have come to know a person who has announced himself to compete in the upcoming parliamentary election for Noonu Atoll Velidhoo, Foddhoo and Holhudhoo constituency has plagiarized my sms content to him. Here is what I wrote in my sms to him and I send this sms to only him:

‘For someone who can trust, defend the rights of the people, to continue reform movement, n for people to own the wealth of the nation for its development in health, education, social justice. – ibrahim m fulhu 4 noonu atoll.’

Then he copied the same content in his name and circulated becoming a thief who stole my content. I wonder what verdict would this thief who happened to be a magistrate would pronounce.