މޮޅު ލީޑަރަކަށް ވަނީއަކީ ތޮބީއީގޮތުން އެފަރާތްތަކަށް ލިބިގެންވާ ސިފަތަކަކުންނޫނެވެ. ލީޑަރުންނަކީ އުފައްދާބައެކެވެ.
މިއިބާރާތަކީ މިއަދު ގިނަގުނަ މެނޭޖުމަންޓުކުލާސްތަކުގަ އާއި ގިނަގުނަ ދިރާސާތަކުގައި ބަހުސްކުރަމުންދާ ވާހަކަތަކެކެވެ. ވީމާ، ގަބޫލުކުރަންވީ ހަޤީގަތަކީ ލީޑަރުން އުފެދިގެން އަންނަނީ އުޅެބޮޑުވާމާހައުލުން ލިބިގަނެވޭ ހުނަރާއި ތަރުބިއްޔަތާއި ތަޖުރިބާތަކުގެ އަލީގައިކަމެވެ. މިފަދަ ތަޖުރިބާއާއި ތަރުބިއްޔަތާއި ހުނަރާއި ޢިލްމު ފުރަތަމަ ލިބިދެނިވި ތަނަކީ މުޖުތަމަޢުގައި ހުރި ސްކޫލްތަކެވެ. ވީމާ، މި މަޒުމޫނުގައި މިބަލައިލަނީ ސްކޫލްތަކުން ހުނަރުވެރި މޮޅު ލީޑަރަކަށް ދަރިވަރަކު ވުމަށްޓަކައި ހުށައެޅިފައި ހުރިފުރުސަތުތަކަށެވެ.
ދެހާސްފަސް ވަނަ އަހަރު ި ޑީޑީއައި ކިޔާ ކޮންސަލްޓަންސީ ގުރޫޕަކުން ދުނިޔޭގެ ކުންފުނިތަކުގެ ޗީފް އެގުޒެކެޓިވު އޮފިސަރުން ނާއި އެކުންފުނިތަކުގެ ބޯރޑު އޮފް ޑިރެކްޓަރުންގެ މެދުގައިކުރެވުނު ސާރވޭޔަކުން ދައްކާ ގޮތުގައި ކޮށްމެ 10 ޗީފް އެގުޒެކެޓިވު އޮފިސަރުން ނާއި ކުންފުނީގެ ބޯރޑު އޮފް ޑިރެކްޓަރުންގެ ތެރެއިން 9 މީހުންނަކީ އެފަރާތްތަކުގެ ސުކޫލް ދައުރުގައި ސްކޫލްގެ ހެޑު/ޕުރިފެކްޓުކަން ނުވަތަ ކޮށްމެވެސް ޓީމެއްގެ ކެޕްޓަންކަން ކޮށްފައިވާ ފަރާތެއް ކަމެވެ. މީގެން މިދޭހަކޮށްދެނީ ސްކޫލުން ދެވޭ ތަޢުލީމުގެ އިތުރުން ކުލާސް ރޫމުން ބޭރުގައި ސްކޫލުގެ ދަރިވަރުންނަށް ހުށައެޅިފައިވާ އިތުރު ހަރަކާތްތަކުގެ ފުރުސަތުތަކެއްގެ ސަބަބުން ދަރިވަރުންނަށް އެފަރާތް ތަކުގެ ވަޒީފައިގެ ކުރިއެރުމުގައި ސްކޫލު ދައުރުގައި ލިބުނު އިލްމުގެ އިތުރުން އިސްނަގައިގެން ހަރަކާތްތެރިވުމަށް ލިބުނު ފުރުސަތުތަކުން ކުޅަދާނަ ލީޑަރަކަށް ވެގެން ދާނެކަމެވެ.
މިބީދާއިން ވާހަކަދައްކާއިރު އިގިރޭސި ވިލާތުގެ އިންސްޓިޓިޔުޓު އޮފް މެނޭޖުމަންޓުން މިފަހަކުން ކުރެވުނު ސާރވޭޔަކުން ދައްކާ ގޮތުގައި އެގައުމުގެ 500 ހާ ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ހިންގުންތެރިވެރިން ކަމުގައިވާ ޗީފް އެގުޒެކެޓިވު އޮފިސަރުންގެ ތެރެއިން ގިނަފަރާތްތަކަކީ އެފަރާތްތަކުގެ ސްކުލްދައުރުގައި އިސްނަގައިގެން ހަރަކާތްތެރިވެ، އިސްދައުރެއް އަދާކޮށްފާވާ ފަރާތްތަކެކެވެ. މި ދިރާސާއިން ފާހަގަކޮށްލެވޭ ހަޤީގަތަކީ ކޮށްމެ 10 ފަރާތަކުން މަދުވެގެން 4 ފަރާތަކީ އެފަރާތްތަކުގެ މަދުރަސީ ދަޢުރުގައި ސްކޫލްގެ ޕުރިފެކްޓެއްކަމެވެ. މީގެއިތުރުން ކޮށްމެ 10 ފަރާތަކުން 5 ފަރާތަކީ ސްކޫލްގެ ކޮށްވެސް ކުޅިވަރު ޓީމެއްގެ ކެޕްޓަންކަން ކޮށްފައިވާ ފަރާތެއްކަމެވެ. އަދި %9 މީހުން ކުލާހުގެ މޮނިޓަރުކަން ކޮށްފައިވާކަމެވެ. މިގެން ފާހަގަކުރެވެނީ ހުނަރުވެރި މޮޅު ލީޑަރަކަށްވުމުގެ ފުރުސަތު ފުރަތަމަ ލިބެނީ ސްކޫލުންނެވެ.
ނަންގަނެވުނު އިލްމީ ދިރާސާތަކުން ފެންނަގޮތުގައި ސްކޫލްތަކުގައި ހިންގޭ ކުޅިވަރާއި އިތުރު ހަރަކާތްތަކުން މުސްތަޤުބަލުގެ އުންމީދީ ލީޑަރުންނަށް ވުމުގެ ފިލާވަޅުތައް ލިބެމުންދެއެވެ. މިގޮތުންވިސްނާލާއިރު ކުޅިވަރު ހަރަކާތްތަކަކީ މޮޅު ވިސްނުންތެރި ކުޅަދާނަ ލީޑަރުންނަށް ވުމަށް ލިބިގަނޭވޭ ފިލާވަޅުތަކެކެވެ. އަދި ހިންގޭ އިތުރު ހަރަކާތްތަކަކީ އިސްނަގައިގެން ހަރަކާތްތެރިވުމަށް ލިބޭ ފުރަތަމަ ފިލާވަޅުތަކެވެ. ކަން މިހެން ހުރުމުގެ ސަބަބުން މިސާވޭއިން އިތުރަށް ފާޅުވެގެން ދިޔައީ ނަންގަނެވުނު ވިޔަފާރި އަދި އެހެނިހެން ވެރިންގެތެރެއިން 3 ބައިކުޅައެއްބައި ފިރިހެނުންނަކީ ސްކައުޓު ހަރަކާތްތަކުގައި އުޅެފައިވާ ފަރާތްތައްކަމެވެ. އަދި އެފަދަ އަންހެނުންގެތެރެއިން ކޮށްމެ 10 އަކުން 9 މީހުންނަކީ ގާރލް ގައިޑް ހަރަކާތުގައި އުޅެފައިވާ ފަރާތްތައްކަމެވެ.
މިސާރވޭގެ ބައިވެރިން ފާޅުކުރި އިތުރު ހިޔާލުތަކަށް ވިސްނާލާއިރު އެފަރާތްތަކުގެ މިއަދުގެ ކާމިޔާބުގެ ބިންގަލަކީ އެފަރާތްތަކުން ކުލާސްރޫމުން ބޭރުގައި މަދުރަސީ ދައުރުގައި އަދާކޮށްފައިވާ ޒިންމާދާރު ރޯލުގެ ސަބަބުން ލިބުނު ހުނަރުވެރިކަމާއި ތަޖުރިބާއެވެ. އަދި އެދައުރުގައި އަދާކޮށް ހާސިލްކޮށްފައިވާ އެފަދަ ރޯލުގެ ސަބަބުން މުސްތަޤުބަލުގެ އުއްމީދީ ވެރިޔަކަށް ވުމުގެ ޤާބިލްކަން ހަމަކޮށްމެ އެފަދަ ދަރިވަރެއްގެ ކިބައިގައި ހުންނާނޭކަމަށްވެސް އެފަރާތްތަކުން އެއްބަސްވެއެވެ. ވީމާ، މިސާރވޭގައި މިފަދައިން ބުނާ %12 މީހުން ދެކޭގޮތުގައި އެފަރާތްތަކަކީ ތަޢުލީމީ ނަތީޖާގެ ގޮތުން އެހާފާހަގަކޮށްލެވޭ ބަޔަކަށް ނުވިޔަސް ތަފާތު ގިނަގުނަ އެހެނިހެން ހުނަރުތަކެއް ލިބިފައިވާ ކުޅަދާނަ ފަރާތްތަކެކެވެ. ސަބަބަކީ މިދެންނެވި %12 މީހުންގެ ތަޢުލީމީ ހަޔާތް ނިންމާފައިވަނީ އުމުރުން 16 އަހަރުގައެވެ. އަދި އޭގެތެރެއިން %7 މީހުންގެ ތަޢުލީމީ ހަޔާތް ނިންމާފައިވަނީ އިލްމީގޮތުން މޮޅު ސެރޓުފިކޭޓުތަކެއް ހާސިލް ނުކުރެވިއެވެ.
ސިޔާސީ މައިދާނަށް ވިސްނާލާއިރުވެސް މިނަންގަނެވުނު ދިރާސާތަކުން ފާހަގަކޮށްލެވުނުކަންތައްތަކަކީ ތެދުކަންތައްތައްކަން ހާމަވެގެންދާނެއެވެ. މިގޮތުން ނަޒަރު ހިންގާލާއިރު އިގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބުލެޔާރ އަކީ މަދުރަސީ ދައުރުގައި ގިނަގުނަ ބަހުސްކުރުމުގެ މުބާރާތްތަކުގައި ބައިވެރިވާ ކުޅަދާނަ ދަރިވަރެކެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަނަކީ މަދުރަސީ ދައުރުގައި ސްކޫލް ބޭންޑުގައި ހަރާކާތްތެރިވި ދަރިވަރެއްކަމަށް ވެއެވެ. އަދި މިފަދައިން ގުނާލެވޭ ތަފާތުއެތަކެއް ސިޔާސީ ލީޑަރުން ވާނޭކަމާމެދު ސައްކެއްނެތެވެ.
ވީމާ، ސްކޫލެއްގައި ދަރިވަރުންނަށް ލިބެން ހުރި ގިނަގުނަ ކުޅިވަރު އަދި އެހެނިހެން އިތުރު ހަރަކާތްތަކަކީ އެހަރާކާތްތައް އޭގެ ފުރިހަމަގޮތުގައި ހިންގިއްޖެނަމަ އެދަރިވަރުންގެ މުސްތަޤުބަލަށް އުޖާލާކަން ގެނެސްދެނިވި ހަރަކާތްތަކަކަށް ވެގެން ދާނެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ގިނަދަރިވަރުން ޅައުމުރުގައި ލީޑަރުންގެ ކިބައިގައި ހުންނަ އިސްނަގައިގެން ހަރަކާތްތެރި ވުމުގެ ހުނަރުވެރިކަން އުފައްދައެވެ. ޅަފަތުގައި ދަރިވަރުން މަދުރަސީ ދައުރުގައި ބައިވެރިވެގެން ތަފާތު ތަޖުރިބާއާއި ހުނަރުވެރިކަން ލިބިދެނިވި ސްކައުޓާއި ގައިޑް ހަރާކާތްތަކާއި ބޭންޑާއި ކުޅިވަރު ޓީމުތަކުން ކުޅަދާނަ ސިޔާސީ ލީޑަރަކަށް އަދި ވިޔަފާރި ވެރިޔަކަށް ވުމުގެ ހުނަރުތައްކަމުގައިވާ ހާސިލްކުރަން ބޭނުންވާ ގޯލް ކަންޑައަޅައިގެން ކާމިޔާބަށް މަސައްކަތް ކުރުމާއި ތާފާތު ގިނަގުނަ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި އަދިވެސް މިނޫންވެސް ތަފާތުގިނަގުނަ ހުނަރުތައް ޅަފަތުގައި ލިބުމުގެ މަގު ސްކޫލް ދައުރުގައި ތަނަވަސް ވެގެން ދެއެވެ.
އާދެ! ދެބަސްވެވެން ނެތް ހަޤީޤަތަކީ، ހުނަރުވެރި މޮޅު ލީޑަރަކަށްވުމުގެ ފުރުސަތު ފުރަތަމަ ލިބެނީ ސްކޫލުންނެވެ.

No comments:
Post a Comment