ދުވަހަކީ ހުކުރު ދުވަހެވެ. އަހުރެން ހުރީ އުފަން ރަށުގަ އަަޅަމުން ދިޔަ އަހަރެންގެ ގޭގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލައިލުމަށް ދެދުވަހުގެ ދަތުރެއްގައި ވެލިދުއަށް ގޮހެވެ. އަދި އެދުވަހުގެ ހުކުރުނަމާދަށް ފަހު ރަށާ ޖެހިގެން އޮތް އަވަށްޓެރި ފޮއްދުއަށް ދިޔުމަށް ވަނީ ދަތުރެއް ރާވާފައެވެ.
ދުވަހުގެ ހުތުބާ ބިނާކޮށްފައިވަނީ ދަތުރުފަތުރުކޮށް ބަލާ ހޯދުމާއި ތަހުލީލްކޮށް ދިރާސާ ކުރުމަށެވެ. ވީމާ، ފޮއްދުއަށް ރާވާފަ އޮތް ދަތުރަކީ އެފަދަ ދަތުރެކެވެ. ދަތުރުގެ ބައިވެރިންގެ ގޮތުގައި އިތުރު ތިން ބޭފުޅަކު ހިމެނުނެވެ. އޭގެތެރޭގައި ދުވަހުގެ އިމާމު އަޅުގަނޑާ ދެބެންގެ ދެދަރި ބޮޑުބޭބެވެސް ހިމެނުނެވެ.
މެންދުރުގެ ކެޔުމަށްފަހު މިނަލަ ރީތި ދުވަހު އަޅުގަނޑުމެން ވެލިދޫން ފުރައިގެން ފޮއްދުއަށް ދިޔުމަށް ލޯންޗުގައި ހޭދަވި ކުޑަ ވަގުތަކީ ވަށައިގެންވާ މާސިންގާ ކަނޑާއި، ފެންނަންހުރި ރަށްތަކައި އަލިގަދަ ސާފު އުޑުން އިހްސާސްވެގެން ދިޔައީ ރައްކާތެރި ހިތްހަމަޖެހޭ ދަތުރެއްގެ އިހުސާސެވެ.
މިކުރު ރާސްތާ ކަޑަތުކޮށް ފޮއްދޫގެ ހިތްގައިމު ފާލަމަށް ކައިރިވެ، ފޮއްދޫގެ ފާލަމަށް ފޭބުމުން ކުރިޔާއަޅާ ބަލާއިރު ފޮއްދުއަަށް އައިސްފަވާ ކުރިއެރުން ވަޒަން ކުރެވުނެވެ. ރައްޔިތުންނަށް ލިބޭނެ މަންފާ އަދި ފަސޭހަ ދެނެގަނެވުނެވެ.
ރަށުތެރޭގައި ހިނގާލުމުން މިކުޑަ މުޖުތަމަޢުއަށް އައިސްފައިވާ ކުރިއެރުން އިތުރަށް ދެނެގަނެވި ކަށަވަރުވިއެވެ. މި ރަށަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންނަށް ހާއްސަ ގެތަކެވެ. ރަށުގެ އަހުލުވެރިންގެ ގެތަކުގެ ތަރައްޤީއެވެ. ރަށުން ލިބުނު ކުންނާރާއި ރުކުރަލުގެ ރަހަތަކަކީ ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔަކަމެކެވެ.
މިހަނދާންތަކާއެކު ބައެއް ޒަމާންވީ އާއިލީ ރަހުމަތްރިންނާ އަދި ދެކިފަރިތަ ރަށްޓެހިންނާއި ބައްދަލުވިއެވެ. އެފަރާތްތަކާ ބައްދަލުވެ، ވާހަކަދެކެވި ބެހެއްޓި ގާތްކަމެވެ. ލިބުނު މެހެމާންދާރީއެވެ. އަވަށްޓެރި ރަހުމަތްތެރި އޯގާތެރި ގުޅުމުގެ މުހިންމުކަމެވެ.
މިދަތުރުން ލިބުނު ފިލާވަޅުތަކަށް އަދި ﷲ ގެ ބަސްފުޅަށް ވިސްނަމުން ދަތުރު ނިންމާލީ އެވެ.
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. (46)
Al-Hajj, Ayah 46
No comments:
Post a Comment